އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ އިގުތިސާދީ ހާލަތު ވިދާޅުވެ ދެއްވަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ނިންމަވައިފި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ބަޔާންކުރުމަށް މާލިއްޔަތު ކޮމިޓީން އެދިގެން ފިނޭންސް މިނިސްޓަރު ހާޒިރުކުރަން އިއްޔެ އޮތީ އަންގައިފަ އެވެ.

އެކަމަކު އިއްޔެގެ ބައްދަލުވުމަށް މިނިސްޓަރު ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އިއްޔެ ހާޒިރުވެވަޑައި ނުގެންނެވުނީ މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވާތީ އެވެ.

ނަމަވެސް ލިއުމުން އިއްޔެ ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ.

އެކަމަކު "ރަސް"އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު މިހާރު ނިންމަވާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ހާލަތު ކިޔައިދެއްވުމަށް މަޖިލީހަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް އިއްޔެ އޮތް ބައްދަލުވުން ސިއްރު ކުރީވެސް މިނިސްޓަރުގެ އެދިވަޑައިގަތުމާ ގުޅިގެން ނެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު މަޖިލިހުގެ ކޮމިޓީއަށް އޮޅުން ފިލުއްވައި ދިނުމަށް އެދި ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މެމްބަރު އަހުމަދު ނާޒިމެވެ.

ނާޒިމް ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ބުނެދޭން ޖެހޭ ކަމަށް ވިދާޅުވެ ހިތި ބޭހެއް ބޯން ޖެހުނަސް އެކަންކޮށް އަދި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން