ބޯޓު ދަތުރުކުރާ މީހުންނަށް ދޫކުރާ ކާޑު ނުވަތަ ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް "ސިޑް" ރާއްޖެެއިން ދޫކުރަން ފަށައިފި އެވެ.

އެ ކާޑު ތައާރަފްކުރީ ބައިނަލްއަޤުވާމީ ސީމަނުންގެ ދުވަސްފާހަގަ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ބޭއްވި ހާއްސަ ހަފްލާގަ އެވެ.

އެ ކާޑު ތައާާރަފްކޮށް ކާޑު ރޭ ވަނީ ބޯޓު ދަތުރުކުރާ ބައެއް މީހުންނަށް ހަވާލުކޮށްފަ އެވެ.

އެ ކާޑު ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.

ރޭގެ ހަފްލާގައި ބޯޓުދަތުރުކުރާ ދިވެހިންގެ ޚިދުމަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ލިޔުން ވެސް ވަނީ އަރުވަައިފަ އެވެ.

މީގެ ކުރިން ބޯޓުދަތުރުކުރާ މީހުންނަށް ދޫކުރާ ކާޑު ނަގަން ޖެހޭނީ ރާއްޖެއިން ބޭރުންނެވެ. އެހެންވެ މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ބޯޓު ދަތުރުކުރާ މީހުން އޮތީ އެ ކާޑު ރާއްޖެއިން ލިބޭނެގޮތް ހެދުމަށް އެެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން