އަހުޒަމް އަޙްމަދު   25 ޖޫން 2024 - 9:33
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްްޓްރީން ބުނީ މި ދަރުފުޅަކީ 24 ޖޫން 2024 އިން 28 ޖޫން 2024 އަށް ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓަރުގެ އެ ދަތުރުފުޅުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެ ދަތުރުުފުޅުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާއު އަބްދުލް ޙަކީމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިސްލާމިކް މިނިސްޓަރު ޗައިނާއަށް ފުރާވަޑައިގެންނެވި އިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް އިއްޔެ ވަނީ ޗައިނާއަށް ވަޑައިގެންފަ އެވެ. އެެއީ ޗައިނާގެ ދާލިއާންގައި އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން