އިއްޔެ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅަން އުޅުނު މަސްވެރިންނާ ގުޅޭ ކުއްލި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމަކީ ރައީސް ޑރ، މުހަައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި މަސް ދުވަހު މަސްވެރިންނަށް ފައިސާ ދޫކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭގެ ސަބަބުން މަސްވެރިން ތިބީ ބިކަވެ ހާލުގައި ޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭގެ ސަބަބުން ޔުޓިލިޓީ ބިލްތަކާއި މަސްވެރި ކަމަށް ބަރޯސާވެފައިވާ އިގުތިސާދުތައް ހުއްޓުމަކަށް އައިސްފައިވާ ކަަމަށް މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދު ނުފުއްދާތީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީގެ 400 އެއްހާ ދޯނި ނިސްބަތްވާ މީހުން މުޒާހަރާ ކުރަމުންދާ ކަމަށެވެ.

އެހެންވެ މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ އިހުތިޖާޖުތަކަށް ހުރަސްނާޅާ މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމަށް މެންބަރު ގޮވާލެއްވި އެވެ.

އެ މައްސަލަ މިއަދު މަޖިލީހުގެ ތަޅުމުން ބަލައިގަތީ 74 މެމްބަރުންގެ ވޯޓާއެކު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން