އައްޑޫ ފިޝަރީސް ކޮމްޕްލެކްސް (އޭއެފްސީ) ގެ ބޭރުގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި މިހާރު މަސްވެރިން ޑިމާންޑު ކުރަމުން ދަނީ ފައިސާ ލިބޭނެ ކަމުގެ ލިޔުމެއް ދިނުމަށާއި މިނިސްޓަރު ނުވަތަ ރައީސްގެ ފަރާތުން މަންދޫބަކު ހާޒިރުވުން ކަމަށް އޭއެފްސީއިން ބުނެފިއެވެ.

އޭއެފްސީ އިން ބުނީ މަސްވެރިން ކުރަމުންދާ މުޒާހަރާގައި އެ ފްކްޓަރީގެ ކަރަންޓު ކަނޑާލުމަށް ފަހު މުވައްޒަފުން ބޭރުކޮށްފައިވާއިރު މިހާރު ފުލުހުންގެ އެހީތެރިކަމާއެކު އަލުން ފެކްޓަރީއަށް ކަރަންޓު ދީފައިވާ ކަމަށެވެ. އެގޮތުން އިއްޔެ މެންދުރުފަހު 2 ޖެހީއްސުރެ ކަރަންޓު ދީފައިވާ ކަމަށް އޭއެފްސީ އިން ބުނެއެވެ.

މަސްވެރިންގެ މުޒާހަރާ އަދިވެސް ކުރިޔަށް ދާއިރު މިހާރު މަސްވެރިން ކުރާ އިތުރު ޑިމާންޑުތަކަކީ މަސް ފެކްޓަރީގެ މަސައްކަތް އަދި ނުފެށުމަށާއި ފެކްޓަރީގެ އެއްވެސް މުވައްޒަފަކު ފެކްޓަރީ ތެރެއަށް ނުވެއްދުމަށެވެ. އެހެންކަމުން ފެކްޓަރީގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ވަނީ ވަގުތީ އެކަމޮޑޭޝަން ދީފައެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ހޯދުމަށް ރަސްމީ ލިޔުމަކާއި ފައިސާ ދޭނެ ގޮތުގެ ޕްލޭނެއް އަދި ފައިސާ ދޭނެ ވަގުތެއްވެސް ދިނުމަށް މަސްވެރިން ވަނީ ޑިމާންޑު ކޮށްފައެވެ.

އޭއެފްސީ އިން ބުނީ މިހާރު އެ ސަރަހައްދުގެ ހާލަތު ހަމައަކަށް އެޅުވިފައިވާ ކަމަށާއި ނަމަވެސް ފެކްޓަރީގެ މަސައްކަތް ފަށައިފި ނަމަ މިހާރު އޮތް ހާލަތު ގޯސްވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސ.

25-Jun-2024

އެންމެ މުހިންމުކަމަކީ އެމް.ޑީ.ޕީންލާފަ ތިތަންތާތިބި ވެރިން ބަދަލުކުރުން.



ޓްރެންޑިން