ފާއިތުވި އަހަރާއި އަޅައިބަލާއިރު މި އަހަރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަތް މިންވަރު 39.71 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މިފްކޯއިން ބުނީ ފާއިތުވި އަހަރާއި އަޅައި ބަލާއިރު މި އަހަރު އެ ކުންފުނިން މަސްވެރިންގެ އަތުން ގަނެފައި ވަނީ 16،430.5 މެޓްރިކް ޓަނުގެ މަސް ކަމަށެވެ. މި އަދަދަކީ ފާއިތުވި އަހަރާއި އަޅައި ބަލާއިރު 39.71 އިންސައްތަ މަދު އަދަދެކެވެ.

ފާއިތުވި 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިފްކޯއިން ވަނީ 41،318.2 މެޓްރިކް ޓަނުގެ މަސް ގަނެފައެވެ. މިހިނގާ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިފްކޯއިން ގަނެފައި ވަނީ 24،887.7 މެޓްރިކް ޓަނުގެ މަހެވެ.

މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަތުން މަދުވި ސަބަބެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން