އީދު މިސްކިތުން ފަންކާތައް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ޢީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިދިޔަ ރޯދަ މަހުގެ ތެރޭގައިވެސް ފަންކާ ވަގަށް ނެގުމުގެ މައްސަލަތަކެއް ފެންމަތިވި އެވެ.

އެގޮތުން ތިން ރޭ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނެގިއިރު ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި 2 ފަންކާ ވެސް ވަގަށް ނެގި އެވެ.

ފަންކާތައް ވަގަށް ނެގުމުގެ މައްސަލައެއްގައި ކުރިން ވެސް މީހަކު ހައްޔަރު ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން