ހުޅުމާލެ ފޭސް 2، ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިނުކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އިލްތިމާސް ކޮށްފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 2، ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަދާފާއިވާ ހަޓްތައް މިހާރު ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ އާންމު ފަރާތްތަކުގެ ލޮޓް ތަކުގެ ތެރޭގައި ވިޔަފާރިކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިއަދު އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި ގަވާއިދާ ހިލާފަށް މިކަހަލަ ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ލޮޓް ތަކުގެ ވެރިފަރާތުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ގޮއްޔެ

26-Jun-2024

ޢިލްތިމާސް ކުރަނީ ކީއްކުރަން ވަކި މުއްދަތެއް ދީފަ ރޫޅާލާ ހުއްދަ ނަގައިގެނެއް ނޫނެއްނު އެތާ ތަންތަން ހަދައިގެން ވިޔަފާރު ކުރަނީކީ ވެސް ގަވައިދު ތަންފީޒު ކުރޭ އިލްތިމާސް ކޮށް ކޮށް ނުތިބޭ



ޓްރެންޑިން