ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މާލެ އައި ފަހުންނެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ބަކާ ސައުދީ އަށް ދިޔައީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ބަކާ އަކީ ދިވެހި ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އަދި މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ބަކާ ވަނީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން