އައްޑޫގައި މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ބަންދުކުރި ދުވަސްތަކަށް މުސާރަ ނުލިބޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން އަންގާފައިވާ ކަމަށް ބުނެ 13 އޮންލައިނުން ފެތުރީ ދޮގު ހަބަރެއް ކަމަށް މިފްކޯ އިން ބުނެފިއެވެ.

13 އޮންލައިންގައި ލިޔެފައިވާ ދޮގު ހަބަރުގައި ބުނީ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން އޭއެފްސީ ބަންދުކުރަން ޖެހި ތިން ދުވަހު މަސައްކަތް ހުއްޓާލަން ޖެހުމުން އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ނުހިނގާނެ ކަމަށް ކުންފުނިން އެންގި ކަމަށެވެ. 13 އޮންލައިނުން ބުނާގޮތުގައި އެ ނޫހަށް އެ މައުލޫމާތު ދިނީ އެ ކުންފުނީގެ މުވައްޒަފެކެވެ.

މި ހަބަރު ދޮގުކުރަމުން މިފްކޯއިން ބުނީ މިއީ ދޮގު ހަބަރެއް ކަމަށާއި އެފަދަ އެއްވެސް އިންޓާނަލް މެމޯއެއް ނުވަތަ އަނގަބަހުން ވިޔަސް އެފަދަ އެއްވެސް އެންގުމެއް ނުވަތަ ވިސްނުމެއްވެސް ކުންފުނިން ނުގެންގުޅޭ ކަމަށެވެ.

”އަދި މިއީ ކޮންމެ ބޭފުޅަކާ ހަވާލާދީ ގެނެސްދީފައި އޮތް ހަބަރެއް ކަމުގައި ވިޔަސް މިއީ ބުހުތާން ދޮގެއް ކަމުގައި ދަންނަވަން.“ މިފްކޯއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން