ރާއްޖޭގައި ސެންޓްރަލް ޖަލެއް ގާއިމްކުރަން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް ސަލާމަތީ ޙިދުމަތްތަކާ ބެހޭ (ޓޫފޯވަން) ކޮމިޓީގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކޮމިޓީގައި މިކަމާއި ބެހޭގޮތުން ތަފްސީލް ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ މި ޖަލު ގާއިމްކުރެވޭނީ ބައިނަލަޤްވާމީ ޕްރިންސިޕަލްތަކާއި މަންޑޭލާ ޕްރިންސިޕަލްތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި މި ޖަލު ޑިސައިން ކުރުމުގައި މި ޕްރިންސިޕަލްތަކާއި މިންގަނޑުތަކަށް ބަލާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިގޮތަށް ޖަލު ހެދުމުން ޖަލަކީ ފުލް ރިހެބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރެހެބިލިޓޭޝަން ސެންޓަރަކަށް ހެދުމުން ޖަލަށް ވަންނަ މީހާއަށް މުސާރަވެސް ފައިސާވެސް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ގައިދީން ރިހެބިލިޓޭޝަން ޕްރޮސެސްގައި ބައިވެރިވާ ވަރަކުން ގައިދީގެ ޖަލު ހުކުމުން ވަކި މުއްދަތުތަކެއް ކެނޑެމުން ދާނެކަމަށެވެ.

"ޖަލުން އެމީހާ ނިމިގެން އަންނަ އިރު އެމީހާ އަކީ ސޮސައިޓީން ބަލައިގަންނަ އަދި ސޮސައިޓީގައި އުޅެން ބޭނުންވާ މީހަކަށް ހެދުމަކީ ޢަޅުގަނޑުމެންގެ ޓާރގެޓެއް." އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން