މުޙައްމަދު ޢާރިފު (ބަކާ) އަކީ ދީނީ ކަންކަމަށް ފަރުވާތެރިވި ވަރަށް ގާތް އަޚެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޒާހިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޙައްމަދު ޢާރިފު (ބަކާ) އަކީ ނަމާދުތަކަށް ފަރުވާތެރިކަން ބެހެއްޓި އަހެއް ކަމަށާއި އެންމެ ފަހުން ވާހަކަ ދައްކާ ލެވުނީ ޙައްޖުގެ އަޅުކަމުގައި ހުންނަވައި ފޯނުން ގުޅުއްވާލެއްވީމަ ކަމަށެވެ. އަދި އޭރު އެދިލެއްވީ ކިޔާލާނެ ރަގަނޅު ދުޢާ ކޮޅެއް ފޮނުއްވުމަށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

”100 ދުޢާ އެކުލެވޭ ދުޢާ ފޮތެއް ފޮނުވާލަދިނިން. މާތްﷲ ބަކާގެ ޙައްޖަކީ މަބްރޫރު ޙައްޖެއް ކަމުގައި ލައްވައި، ކުރެއްވި ހުރިހާ ދުޢާއެއް އިޖާބަކޮށްދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށި. اللهم اغفر له وارحمه.އާމީން“ އަލީ ޒާހިރު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޢާރިފު (ބަކާ) ނިޔާވީ ރޭގެ ވަގުތެއްގައި ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރުކަންވެސް ކޮށްފައިވާ ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މާލެ އައި ފަހުންނެވެ. ބަކާ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު މާލެ އައިސްފައި ވަނީ މީގެ 3 ދުވަހެއް ވަރު ކުރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން