ހުރިހާ ހައްޖުވެރިން ޓްރެވަލް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ރާއްޖެ އަނބުރާ އައި ފަރާތެއް، މެނިންޖައިޓިސް ޖެހި ނިޔާވިކަން ރިޕޯޓުކޮށްފައިވަނިކޮށެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަނުން ނެރުނު ނޫސް ބަޔާނުގައި، ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ހުރިހާ ހައްޖުވެރިންވެސް ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް ޓްރެވަލް ވެކްސިން ފުރިހަމަ ކޮށްފައިވާކަން ހާމަކޮށްފައިވެއެވެ.

ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންގައި ފުރިހަމަ ކުރަންޖެހޭ ޓްރެވަލް ވެކްސިންތަކުގެ ތެރޭގައި ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ހިމެނެއެވެ. ހައްޖު ކޯޕަރޭޝަނުން ވަނީ އެކޯޕަރޭޝަން މެދުވިކޮށް ހައްޖަ ދިޔަ ފަރާތްތަކުން މި ވެކްސިންތައް ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްފައެވެ.



ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ހާއްސަ ސަމާލުކަމެއްދޭ ކަންތައް ކަމުގައި ވެސް ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން