ފުވައްމުލަކުގައި ފުލުހުން މިރޭ ހިންގި ޑްރަގު އޮޕަރޭޝަނަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ފުވައްމުލަކުގައި މިރޭ ހިންގި ޑްރަގު އޮޕަރޭޝަނަކަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކުގައި ހިންގި މި އޮޮަޕަރޭޝަންގައި މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރަމުންދަނިކޮށް އެރަށު ބަޔަކު ނިކުމެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގައި ފުލުހުންނާއި ކުރިމަތިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި މި ހަމަނުޖެހުމުގައި ފުލުހަކަށް ވަނީ އަނިޔާވެފައެވެ. މިމައްސަަލަ އާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން