ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ ދ. ކުޑަހުވަދޫގެ މަސްވެރިންވެސް މުޒާހަރާކޮށްފި އެވެ.

ސުލްހަވެރިކަމާއެެކު ކުޑަހުވަދޫ މަސްވެރިން ވެސް މުޒާހަރާކުރި އިރު އެ މަސްވެރިން ވަނީ ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުއްދުމަށް ގޮވާލައިފަ އެވެ.

މަސްވެރިން މުޒާހަރާކުރި އިރު ގެންގުޅުނު ބެނާތަކުގައި ދ. އަތޮޅުގައި އަޅަން ވައުދުވި މަސް ފެކްޓްރީ ކޮބައިތޯވެސް ވަނީ ސުވާލުކޮށްފަ އެވެ.

ހަމަ އެހެންމެ ދޭން ޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށް ވެސް ކުޑަހުވަދޫގެ މަސްވެރިން ވަނީ ގޮވާލައިފަ އެވެ.

ކުޑަހުވަދޫގެ މަސްވެރިން މުޒާހަރާކުރި އިރު މިދިޔަ ހުކުރު ދުވަހުން ފެށިގެން މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެ އައްޑޫގެ މަސްވެރިންވެސް ދަނީ މުޒާހަރާކުރަމުން ނެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ މުޒާހަރާގައި މަސްވެރިން ބުނަމުން ގެންދަނީ ވަކި އުސޫލެއް ކަނޑައަޅައި، އެ އުސޫލުގެ މަތިން ފައިސާ ދެވޭނެގޮތެއް ހަދައިދިނުމަށް ގޮވާލަމުންނެވެ. އަދި މަސްވެރިންނާއި ވާހަކަ ދައްކައި މިކަމަށް ހައްލެއް ހޯއްދަވައިދެވޭނެ ބޭފުޅަކު ފޮނުވައި ދެއްވުމަށް އައްޑޫ މަސްވެރިން ވަނީ އެދިފައެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ދިނުމަށް ގޮވާލައި އަދި މަސްވެރިން ކުރަމުންދާ އިހުތިޖާޖުތަކަށް ހުރަސް ނޭޅުމަށް ގޮވާލައި އިިއްޔެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން