އައްޑޫ ސިޓީ ހުޅުމީދޫގައި ތާރުތަކެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ރޭ ރޯވީ ހުޅުމީދޫގައި އޮންނަ މިޔާހް ފެކްޓްރީ ފަހަތުގައި އޮންނަ ވަލު ތެރޭގައި ހުރި ތާރުތަކެއްގައި ކަމަށެވެ.

ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 19:13 ކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ 20:11 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުންން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން