ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮތް ކާރެއްގައި ރޯވެއްޖެ އެވެ.

އެއާޕޯޓް ކައިރީގައި އޮތް ކާރެއްގައި އަލިފާން ރޯވި މައްސަލައެއް ރިޕޯޓްކޮށްފައިވާކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް އަލިފާން ނިއްވާލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެ ހާދިސާގައި ކާރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން