ދިވެހީންނަކަށް ވެސް އަދި އެމްޑީޕީއަކަށްވެސް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް 19 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ޝާހިދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 19 އަަހަރު އެމްޑީޕީއަށް ވުމާއެކު ޒުވާންކަމުގެ ޖޯޝާއި އެކު ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު ސީދާ ކުރަންވީ ވަގުތު ޖެހުނީ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިއީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެކަމުގެ އުމުރު ކަމަށާއި އަދި ވާނެ އެއްޗެއްވާން ދޫކޮށްނުލެވޭނެކަމުގެ ފިޔަވަޅެއް ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ‏ދިވެހި ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ޕާޓީއަކަށްވާއިރު އެ ޕާޓީއަކީ ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގެ އަލި ދަންމަރުވެސް ކަމަށެވެ. އަދި އެޕާޓީ އަކީ ރާއްޖޭގެ އިޖުތިމާއީ އިގުތިޞާދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާން ކަމަށެމް ވެސް ޝާހިދު ވިދާޅުވިއެވެ.

"‏ޢާންމު ރައްޔިތުންގެ ހަމައިގައި ހަމަ ހަމަ ފުރުޞަތު އޮންނަ، ނޫ އިގުތިސާދަކާއި ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ހިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ދިވެހިރާއްޖެއެއްގެ އަސާސެވެ. މާތްވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ މި ޕާޓީގެ އަމާޒެވެ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ‏ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑިއަޅުވާ، ބަންދުކޮށް، ހުއްޓުވިދާނެކަމަށް އެއްވެސް ބަޔަކު ގަބޫލު ކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ.

"ދިވެހިންނަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ. އެމްޑީޕީއަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ." ޝާހިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން