މި ސަރުކާރު ވެރިކަމަށް އައިފަހުން ފައިސާ ޗާޕުނުކުރާކަން އެމްއެމްއޭގެ ޕޭޕާތަކުން އެނގޭނެ ކަަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ވީޓީވީގައި ރޭ ވާހަކަދައްކަމުން އަޒާން ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕުކުރަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އަދި އެކަން ކޮންމެ ރައްޔިތަކަށް ވެސް އެމްއެމްއޭއިން އާންމުކުރާ ލިޔެކިޔުންތަކުން އެނގޭނެ ކަމަށް އަޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭގެ ކޮންމެ މަހަކު ސްޓޭޓްމެންޓް އޮފް ފިސްކަލް ޕޮލިސީގެ ޕޭޕާއެއް އާންމުކުރާ ކަމަށެވެ.

"އޭގައި ހުންނާނެ މި މައުލޫމާތު ވަރަށް ތަފްސީލުކޮށް. އެމްއެމްއޭގައި ފައިސާ ހުރި އަދަދާއި މިހާރު ބާޒާރުގައި ދައުރުވަމުންދާ ފައިސާގެ އަދަދާއި މިހެން ގޮސް ވަރަށް ބައިވަރު ތަފްސީލުތައް ހުންނާނެ." އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ ރައީސް ޔާމީނަށް ފެނިވަޑައިގަނެގެން އެ އުޅުއްވަނީ އެހެން އަހަރެއްގެ ހިސާބުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްއެމްއޭއިން ނެރުނު ކޮންމެ ސްޓެޓިސްޓިކްސް ޕޭޕަރ އެއްގައި "އެޑްވާންސް ޓު ދަ ގަވަމެންޓް" ބައިގާ އޮންނާނީ ސުމެއް ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ކޮވިޑާ ގުޅިގެން ކަމަށް ބުނެ އޭގެ ފަހުން ވެރިކަން ނިމެންދެން ތަކުރާރުކޮށް ވަނީ ފައިސާ ޗާޕުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން