އައްޑޫސިޓީ ފޭދުގައި ކުނިއުކަން މޫދަށް ދިޔަ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ ބުނީ މިއަދު ހެނދުނު ކުނި އުކަން ދިޔަ ބިދޭސީއަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 09:40 ގައި ކަމަށް ފުލުހުން ބުނެފައި އެވެ.

ފުލުހުން ބުނީ ބިދޭސީ މީހާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.



މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން