ޕްރިންޓު ކުރެވިފައިވާ ބިލް ހަވާލުކުރުމުގެ ބަދަލުގައި ކުރިޔަށް އޮއްތާގައި ކަރަންޓު ބިލު ލިބޭނީ އެސް.އެމް.އެސް އެއްގެ ގޮތުގައި ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކައިން ބުނީ ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓަރ ކުރައްވާފައިވާ ފޯނު ނަންބަރަށް އެސް.އެމް.އެސް އެއްގެ ގޮތުގައި ކަރަންޓު ބިލު ފޮނުވާނެ ކަމަށެވެ.

އެގޮތުން 25 ޖޫން 2024 އިން ފެށިގެން އެސް.އެމް.އެސް މެދުވެރިކޮށް ކަރަންޓު ބިލު ފޮނުވަމުން ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ މި ހިނގާ މަހުގެ 25 އިން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް އެސް.އެމް.އެސް ނުލިބޭ ކަސްޓަމަރުން ހިދުމަތް ހޯއްދަވާ ބްރާންޗަށް ގުޅުއްވައިގެން ބިލް ހޯއްދެވުން އެދޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން