ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ ބައި ސެންޓެއްގައި ވެސް ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ. ސޯލިހް ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ސަރުކާރުގެ ޚިޔާނަތުގެ މައްސަލައެއް ނޯންނާނެ ކަމަށެވެ. އެމައްސަލަތައް ބަލާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު ނޯންނާނެ ބައި ލާރި ވެސް ބައި ސެންޓެއްގައި ޖެހިފައެއް ބައްލަވަންވީ، ބައްލަވާފައި ކަމެއް އޮވެއްޖެއްޔާ ކުރިއަށްގެންދަންވީ އަޅުގަނޑަށް ހަމަ ޔަގީން އިރާދަކުރެއްވިއްޔާ އަޅުގަނޑު ވެސް ސަރުކާރުގައި ވެސް އެތިއްބެވި ބޭފުޅުންގެ އެކަހަލަ ކަމެއް ނުފެންނާނެ، ކޮށްފައެއް ނޯއްނާނެ. އެހެން ނޫނީ މިހެނެއް ނޫން އަަޅުގަނޑުމެން ތިބޭނީ ވެރިކަމުން ފައިބައިގެންދާއިރު ކުރިއަށް ގެންދަވަންވީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ދާދިފަހުން ޕީއެންސީގެ ކެމްޕެއިން ޖަގަހަ އެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ގަވާއިދާއި ހިލާފަށް ކަމެއް ކޮށްފައި އޮވެއްޖެނަމަ ނިޒާމްގެ ތެރެއިން އެމައްސަލަ އެއް ބަލައި އަަަޅަންޖެހޭ ފިޔަވަަޅު އަޅާނެ ކަމަށެވެ.

"އެހެންވީމާ ކޮރަޕްޝަނަކަށް ވައްކަމަކަށް ނާޖާއިޒު ގޮތެއްގައި ގަވާއިދާއި ހިލާފަށް ކަންކަން ކުރުމަކަށް އެފުރުސަތެއް ނޯންނާނެ. އެއީކީ ބަދަލު ހިފުމެއް ނޫން. އެއީ އަދުލް އިންސާފު ގާއިމްކުރުން. އެކަންކަން އޮންނަ އުސޫލުގެ ތެރެއިން ބެލުމަކީ ކުރީގެ ސަރުކާރުގައި ހިންގާފައި ހުރިކަންކަން ނިޒާމްގެ ތެރެއިން ބަލާފައި އަޅަންޖެހޭ ފިޔަވަަޅެއް އޮތިއްޔާ މޫނެއް ކަނދުރާއެއް ނުބަލައި ފިޔަވަޅު އަޅާނަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ވެސް އަދި އެސަރުކާރުގެ ވެރިއަކުވެސް ލޯލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި ނަމަވެސް ކޮވިޑް ތެރޭގައި ވެންޓިލޭޓަރު ތަކެއް ގެންނަން ބޭރުގެ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ފައިސާ ތަކެއް ދިން މައްސަލައެއްގައި ބަޔަކު ވަނީ މަގާމުތަކުން ވެސް ވަކިކޮށްފައެވެ. އަދި ސަރުކާރު ނިމެމުން ދަނިކޮށް ދޫކުރި ފްލެޓް ތަކުގެ މައްސަލަ މިހާރު ވެސް އޭސީސީން ދަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން