ޤައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގައި އެމްޑީޕީ ދެމިއޮންނާނެ ކަަމަަށް ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އެންމެ މުހިއްމު ރައުސްމާލުކަމުގައިވާ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ފޮނުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިސްލާމީ ޞައްޙަ ޢަޤީދާގައި ދެމިތިބެ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްޔިތުންނަށް ހިތްފަސޭހަ ތަނަވަސް ދިރިއުޅުމެެއް މަގުފަހި ކޮށްދިނުމުގައި އެމްޑީޕީން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ޤައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގައި އެ ޕާޓީން ދެމިއޮންނާނެ ކަމަށެވެ. 

އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން