ރައީސުލްޖުމްހޫރިޔާ އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، އެ ޕާޓީގެ އިސްވެރިންނާއި މެމްބަރުންނަށް ފޮނުއްވައިފިއެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި ސިޔާސީ ބައެއް ބޭފުޅުން އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ.

ސިޔާސީ ޕާޓީ ހިންގުން ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތްނަމަވެސް، އެމްޑީޕީއިން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއެހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި ޕާޓީ އުފެއްދުމާއި ހިންގުމަށް އިންތިޒާމުވަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤާއިމުކުރުމަށް އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު، ސަރުކާރަށް ބާރު އަޅައި ސިޔާސީ އިސްލާހީ މަސައްކަތްތައް ތަންފީޒް ކުރުވުމުގެ މަސައްކަތުގައިވެސް އެޕާޓީން ދިޔައީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމުގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އާގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުރަތަމަ ވެރިކަން ކުރީ ވެސް އެމްޑީޕީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން