އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ޝަމްނާޒް ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައަކާއި ގުޅިގެންނެވެ. މިމައްސަލަ އާއި ގުޅިގެން އިތުރު ދެމީހުން ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ޝަމްނާޒާއި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން 07 ދުވަސް ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝަމްނާޒް އަށް ފުލުހުން ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތެވެ. އޭނާ ސިހުރު ހެދީ ސިޔާސީ ގޮތުން ރައީސް މުއިއްޒުއާ ކައިރިވުމަށް ކަމަށް ވަނީ އަޑު ފެތުރިފައެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ކައިވެންޏަށް ދަރިން ވެސް ތިބެއެވެ. މި ފަހުން އެދެބޭފުޅުންގެ ކައިވެނި ވަނީ ރޫޅިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން