ސޯމާލިޔާއިން ރާއްޖެއަށް ލެއްގި ދޯނީގައި ތިބި 3 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ސޯމާލިއާގެ ބަޔަކު ރާއްޖޭގެ ރަށަކަށް ޑިންގީއެއްގައި ލައްގާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. ފުލުހުން ބުނީ ސޯމާލިޔާ 3 މީހުން ލައްގާފައި ވަނީ ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވަވަތިއަށް ކަމަށެވެ.

މީސްމީޑިޔާގައި މި 3 މީހުންގެ ފޮޓޯ ދައުރުވިއިރު އޭގެ ފަހުން އެ މީހުން ހޮޅުދޫއަށް ގެންގޮސް ކައުންސިލްގެ އެހީތެރިކަމާއި އެކު ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވެއެވެ.

ފުލުހުން ބުނީ ސޯމަލިޔާ ތިން މީހުން މިއަދު ހުޅުމާލެ އިމްގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން