ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަަ ކުރާ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީގެ ހުރިހާ މެމްބަރުންނާއި ސަޕޯޓަރުންނަށް ތަހުނިޔާ ވިދާޅުވެ ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ އަސާސީ އެއް އުސޫލަކީ، ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ހިންގޭނީ ބަރުލަމާނީ ނިޒާމުންކަމަށް ދެކޭ ދެކުން ކަމަށެވެ.

ހަމަ އެހެންމެ އެމްޑީޕީގެ އޮނިގަނޑު ރޭވިފައިވަނީ ވެސް އެ ހަމަައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް އެނބުރެންވީ އެ މިސްރާބަށް." މިހާރު އެމްޑީޕީއާއި ދުރުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. އަދި އެކަން އެމްޑީޕީގެ ކޮންގްރެސްއަށް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ގިނަ މެންބަރުން ތެދުވީ ނަޝީދާ ދެކޮޅަށެވެ.

އޭގެ ފަހުން އެމަނިކުފާނު ވަނީ "ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް ހައްދަވައިފަ އެވެ. އަދި އެ ޕާޓީން ދާނީ ބަރުލަމާނީއަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލަން ގޮވާލަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން