ރާއްޖޭގެ ދަރަނި މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެ އަށް ދީފައިވާ ރޭޓިން "ބީ ނެގެޓިވް" ގެ ރޭޓިންއިން "ސީސީސީ ޕްލަސް" އަށް  ދަށްކޮށްފިއެވެ.

ރާއްޖޭގެ ސޮވެރިން ކްރެޓިޑް ހަދާފައިވާ ފިޗުން މިއަދު ނެރުނު ރާއްޖޭގެ ރޭޓިންގައި ބުނެފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ދަތިކަން ހުރުމާއި ދަރަނި މަތިވުމުގެ ސަބަބުން އެންމެފަހުން ދީފައިވާ "ބީ ނެގެޓިވް" އިން "ސީސީސީ ޕްލަސް" އަށް ރޭޓިން ދަށްކޮށްފައިވާ ކަމަށެވެ.

ފިޗުން ރާއްޖޭގެ އިޝުއާ ޑެފޯލްޓް ރޭޓިން (ސީސީސީ+)' އަށް ދަށްކުރީ ރާއްޖޭގެ ބޭރުގެ ފައިނޭންސިން އަދި ލިކުއިޑިޓީ ހާލަތު ރަނގަޅު ވެފައި ނުވާތީއެެވެ.

މީގެ އިތުރުން ރާއްޖޭގެ ރިޒާވް ދަށްވުމާއި ބޭރުގެ ދަރަނި މަތިވުން ވެސް އެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި އާ ސަރުކާރަށް ދަރަނި ދެއްކުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ ސަބަބުން 2025 އާއި 2026 ވަނަ އަހަރު ބޭރުގެ ރީފައިނޭންސިންއަށް ގޮންޖެހުންތައް ހުރުންވެސް މިއ ރޭޓިން ދައްކުރި ސަބަބެކެވެ.

އިތުރު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ރިޒާވް ދަށްވުން ހިމެނެއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން 748 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ރިޒާވް މެއި މަހުގެ ނިޔަލަށް ވަނީ 492 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މި ދަށްވުން އައިސްފައިވަނީ އިންޑާއިން ހެދި ކަރަންސީ ސްވޮޕްގެ ސަބަބުން ކަން ފާހަގަކުރެެވެއެެވެ.

ސޮވްރިން ކްރިޑިޓް ރޭޓިން އަކީ ދައުލަތެއްގައި ހުންނަ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތަށް ހާއްސަ މިނިވަން އިދާރާއެއް މެދުވެރިކޮށް ތައްޔާރުކުރާ އެސެސްމަންޓެކެވެ. ލޯން ދޭ އިދާރާތަކާއި އިންވެސްޓަރުން ވަރަށް ބޮޑަށް އެ ރޭޓިންއަށް ބަލައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން