ރާއްޖެއަށް ދީފައިވާ "ބީ ނެގެޓިވް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކުރިނަމަވެސް އާ ސަރުކާރުގެ ފިޔަވަޅުތަކާއެކު އިގްތިސޯދު ކުރިއަރާނެ ކަމަށް ފިޗުން އަންދާޒާކޮށްފި އެވެ.

ރާއްޖޭގެ ދަރަނި މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެއަށް ދީފައިވާ "ބީ ނެގެޓިވް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ވަނީ ދަށްކޮށްފައެވެ.

ފިޗުން ބުނީ ރާއްޖޭގެ ރޭޓިން ދަށް ކުރިނަމަވެސް ފެންނަނީ އުންމީދީ މަންޒަރުތަކެއް ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބަށްފަހު އޮމާންކޮށް ރާއްޖެ އޮތުމާއެކު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތު ލިބުނުކަން ފިޗުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމަކީ ސިޔާސަތު ތަންފީޒުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށް ގެންދިއުމަށް ރަނގަޅު ނިޝާނެއް ކަމަށް ފިޗުން ބުނެއެވެ. މިއާއެކު ދަރަނީގެ ހާލަތު ހަރުދަނާ ކުރުމާއެކު އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރަނގަޅު ވެގެންދާނެ ކަމަށް ފިޗުން ވަނީ ލަފާކޮށްފައެވެ.

ފިޗުން ވަނީ ރާއްޖޭގެ އިގްތިސޯދުގެ ދުވެލި މަތިވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. އެގޮތުން ފިޗުން ވަނީ މިދިޔަ އަހަރު 4.0 ޕަސެންޓުގައި ހުރުމަށް މި އަހަރު 5.0 ޕަސެންޓަށް އަދި އަންނަ އަހަރު އިގްތިސޯދުގެ ދުވެލި 6.3 ޕަސެންޓަށް އުފުލިގެންދާނެ ކަމަށް އަންދާޒާކޮށްފައެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ލަފާކުރަނީ މި އަހަރުގެ ފަހު ކުއާޓަރުގައި ވީއައިއޭ ހުޅުވޭނެތީއެވެ. އަދި އާ ސަރުކާރުން ޚާރިޖީ ސިޔާސަތު އަލުން ބެލެންސް ކުރުމާއެކު މި އަހަރު އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ރަނގަޅުވެ ޔޫރަޕާއި ޗައިނާ އަދި ރަޝިޔާގެ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ފިޗުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމްގެ އާމްދަނީ 27 ޕަސެންޓް އިތުރުވެފައިވާކަމަށް ފިޗުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން