މިއަދު ކުރިޔަށްދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން (ފޮޓޯ: ސްޓެލްކޯ)
މިއަދު ކުރިޔަށްދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން (ފޮޓޯ: ސްޓެލްކޯ)
ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮއްސިއެވެ.

މި ޕްރޮގްރާމަކީ މުޖުތަމައުގައި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގައި ހިއްސާވުމަށް މޯލްޑިވިއަން ބްލަޑް ސާރިވިސް އާއި ގުޅިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުންވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން 100 އާއި ގާތްކުރާ މުވައްޒަފުން މި ހަރަކާތަށް ވޮލަންޓިއަރ ކުރިކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ކޮންމެ އަހަރުކުވެސް ކުރިޔަށް ގެންދިޔުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. ސްޓެލކޯއިން ވަނީ މުޖުތަމައުގެ ލާބައަށް ކުރެވޭ މަސައްކަތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.



މިފަދަ ދާއިރާތަކުން މުޖުތަމައުއަށް ޚިދުމަތްކުރުމުގައި ސްޓެލްކޯ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ވަނީ ހިއްސާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން