ރާއްޖޭގެ ދަރަނި މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެ އަށް ދިން ރޭޓިން މިވަގުތު ދަށްކުރިނަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހީ އެޖެންޑާގެ ސަބަބުން ރާއްޖޭގެ ރޭޓިން މަތިވެދާނެ ކަމުގެ އިޝާރާތެއް ފިޗުން ދީފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ފިޗުން މިއަދު ވަނީ މިދިޔަ އަހަރު ރާއްޖެ އަށް ދިން "ބީ ނެގެޓިވް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ. 

ފިޗުގެ ރޭޓިންއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި ދިގު މުއްދަތުގެ ބޭރު ފައިސާގެ ދަތިތަކާއި ދަރަނީގެ ސަބަބުން ކަމަށެވެ. އަދި މި ރޭޓިން ދީފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށް ގެންދިޔަ ރޭޓިން ރިވިއުއަށް ފަހު ރޭޓިން އައުޓްލޫކް ސްޓޭބަލް އިން ނެގެޓިވް އަށް ބަދަލުވުމާ ގުޅިގެން ކަމަށް ބަޔާނުގައިވެ އެވެ.

ފިނޭންސުން ބުނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ނަމަވެސް މި ސަރުކާރުން ފަށާފައިވާ މާލީ އިސްލާހީ މިހާރުގެ ރޭޓިންތައް ޕޮޒިޓިވް ނުވަތަ މައްޗަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށެވެ. ސަރުކާރުން ވަނީ މާލީ އިސްލާހުގެ އެޖެންޑާ ކެބިނެޓުން ފާސްކޮށްފަ އެވެ. މި އިސްލާހުތަކުގެ މަގުސަދަކީ މެދު މުއްދަތުގައި މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ހަރަދުތައް އެއްކޮށް، ސަރުކާރުގެ އާމްދަނީ އިތުރުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފިޗުން ރާއްޖެއަށް ދީފައިވާ "ބީ ނެގެޓިވް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް  ދަށްކުރީ ރާއްޖޭގެ ބޭރު ފައިސާގެ ދަތިކަން ހުރުމާއި ދަރަނި މަތިވުމުގެ ސަބަބުންނެވެ. ރާއްޖޭގެ ރޭޓިން ދަށްކުރި ނަމަވެސް ސަރުކާރުން އަޅާ ފިޔަވަޅުތަކާއި އެކު އިގްތިސާދު ކުރިއަރާނެ ކަމަށް ފިޗުން ވަނީ އަންދާޒާކޮށްފައެވެ.

ސޮވްރިން ކްރިޑިޓް ރޭޓިން އަކީ ދައުލަތެއްގައި ހުންނަ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތަށް ހާއްސަ މިނިވަން އިދާރާއެއް މެދުވެރިކޮށް ތައްޔާރުކުރާ އެސެސްމަންޓެކެވެ. ލޯން ދޭ އިދާރާތަކާއި އިންވެސްޓަރުން ވަރަށް ބޮޑަށް އެ ރޭޓިންއަށް ބަލައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން