މިސްކިތަކުން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނިލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލަގައި ހައްޔަރުކޮށްފައިވަނީ ސި. ތިނަދޫ/އަންދާޒާ، މުހައްމަދު ނިޝާންއާއި ހދ. ނޭކުރަންދޫ/ ބޯގަންވިލާ، މުހައްމަދު އަސްފާގު އެވެ.

އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މިސްކިތުގެ ދޮރަކަށް ގެއްލުންދީގެން ވައްކަން ކުރުން ހިމެނޭއިރު ދޮރަށް ގެއްލުންދޭތަން ސީސީޓީޥީ ފުޓޭޖުން ފެންނަކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެއީ ކޮން މިސްކިތެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ދެ މީހުންނަކީވެސް މުޖުތަަމައަށް ދޫކޮށްފައި ބައިތިއްބައިފިނަމަ ނުރައްކާތެރި ވެދާނެ ބަޔަކަށް ވެދާނެތީ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

ފަހަކަށް އައިސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް މިސްކިތްތަކުން ފަންކާ ވަގަށް ނެގުމުގެ މައްސަލަ ބޮޑެވެ.

އެގޮތުން މި މަހު އެކަނިވެސް އީދު މިސްކިތުން 10 ފަންކާ ވަގަށް ގެންގޮސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން