ކުރީ ސަރުކާރު އުފެއްދި 120 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރެވޭނީ އާމްދަނީ އިތުރުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރްޒޫގް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނު އިރު ދައުލަތުގެ ދަރަނި 120 ބިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 އަހަރު ގެ ތެރޭގައި ސަރުކާރުން 23 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަންޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.

މެމްބަރު އަޒާން ވިދާޅުވީ ސަރުކާރުން ދަރަނި އަދާކުރެވޭނީ ސަރުކާރުގެ އާމްދަނީ އިތުރުކޮށްގެން ކަމަށާއި އަދި ސަރުކާރުގެ ހަރަދުތައްވެސް ކުޑަކޮށްގެން ކަމަށެވެ.

ދަރަނި އަދާކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ޤައުމުގެ މުސްތަގުބަލަށްޓަކައި ސަރުކާރުން މިކަން ކުރަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން