މި ސަރުކާރުންވެސް ފައިސާ ޗާޕުކުރަންވީ ކަމަށާއި އަދި އެއީ ވަކި ގޮތަކަށް ކުރަންޖެހޭ ކަމެއް ކަަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ކޮވިޑުގެ ފަހުން ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރި އެވެ. އަދި އެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން ވެސް އަމާޒުވަމުންދެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ފައިސާ ޗާޕުކުރުން ހުއްޓާލި ނަމަވެސް ފައިސާ ޗާޕުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ބިލެއް މިހާރު މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

އެކަމަށް އިޝާރާތްކުރައްވައި ފައްޔާޒް ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އައްޑޫގައި ބޭއްވި ޖަލްސާގައި ވެސް މި ސަރުކާރުން ފައިސާ ޗާޕުކުރާނެ ކަމަށް 100 ޕަސެންޓް ގެރެންޓީއާއެކު އޭނާ ވިދާޅުވެފައި ވާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ފައިސާ ޗާޕުކުރަން އިގުތިސާދީ އުސޫލުތަކެއް ހުންނަކަމަށާއި އޭގެ ތެރެއިން އެކަން ކުރަންވީ ކަމަށެވެ.

"ލާރި ޗާޕުކުރަންވީ އޭ. ލާރި ޗާޕުކުރުމަކީ އިގުތިސާދީ ގޮތުން ބެލެންސެއް ގެންގުޅެން ޖެހޭ ކަމެއް. ވަކި ގޮތަކަށް ލާރި ޗާޕުކުރުމަކީ ކުރަން ޖެހޭ ކަމެއް. ކުރާ ކަމެއް." ފައްޔާޒް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން