އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެމްބަރުންގެ އާއިލާތަކަށް ލިބޭކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު އަޒާން މަރްޒޫގް ވިދާޅުވެއެވެ.
އަޒާން މިފަދައިން ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި ހަރަދުތައް ކުޑަކޮށް ދައުލަތަށް ވަންނަ ފައިސާ އިތުރުކުރުމުގެ ގޮތުން ޓެކްސްތައް މުރާޖަޢާ ކުރަން ވާހަކަ ދެކެވެމުން ދާ ދަނޑިވަޅެއްގައެވެ.
ފޭސްބުކްގައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރަމުންދާ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ނަމޫނާ ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއިލާގެ ބޭފުޅުންނަށް އާސިއާން ޤައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ޖެހޭ. އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެމްބަރުންނަށް ލިބޭކަށް ނުޖެހޭ." އަޒާންގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެމްބަރުންގެ އާއިލާ ތަކަށް ދައުލަތުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހެލްތު އިންސުއަރަންސަށް ހަރަދު ކުރާކަން ފާހަގަ ކުރެވެއެވެ. އެކަމާމެދު މީގެކުރިން ވެސް ބައެއް ބޭފުޅުން ވާހަކަދައްކަވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު