ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ސަސްޕެންޑުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އާދަމް ރަމީޒު، ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ރައީސް މުޢިއްޒާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ރަމީޒު ސަސްޕެންޑް ކޮށްފައި މިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އޭނާގެ ކުރީގެ އަނބިކަނބަލުން ޝަމްނާޒް ސަލީމު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެެވެ.

އެމައްސަލައާއި ގުޅިގެން އެންވަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަލީމް ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާއެކު އިތުރު ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދަށް ކޯޓުން 7 ދުވަސް ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން