ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ތައިލެންޑަށް ދިރިއުޅުން ބަދަލުކުރައްވައިފި އެވެ.
އަދާލަތު ޕާޓީން ބުނީ އެޕާޓީގެ ރައީސް ޝައިހް އިމްރާން ބެންކޮކަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ކަމަށެވެ. އިމްރާން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވީ ސީދާ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.
އަދާލަތު ޕާޓީން ބުނީ އިމްރާންގެ އެ ނިންމުމަކީ "އަމިއްލަ ސަަބަބުތަކަށްޓަކައި" ނިންމެވި ނިންމެވުމެއް ކަމަށެވެ.
އިމްރާން ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގެ ދައުރު ހަމަވަންދެން ހޯމް މިނިސްޓަރު ކަމުގެ މަގާމު އަދާކުރަައްވާފައެވެ. ނިމިދިޔަ މަޖިލީހުގެ އިންތިހާބުގައި އިމްރާން މަކުނުދޫ ދާއިރާއަށް ވާދަކުރެއްވި ނަމަވެސް އޭނާ އަށް ގޮނޑި ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު