އެމަނިކުފާނުގެ ވެރިކަމުގައި ހިގައިދިޔަ ކަންކަމާއި ހާދިސާ ތަކާއި ގުޅޭ ފޮތެއް ލިޔުއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިގައިދިޔަ ކަންކަމާއި ހާދިސާ ތަކާއި ގުޅޭ ފޮތެއް ލިޔުއްވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން ފޮތް ލިޔުއްވުމަށް މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ސާލިޙު ވިދާޅުވިއެވެ. ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެވާހަކަތަށް ތާރީޚަށްޓަކައި އެމަނިކުފާނު އަމިއްލަފުޅަށް ލިޔުއްވަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ވޭތުވެ ދިޔަ ފަސްއަހަރު އެބަހުރި ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިފައި އަދި ތާރިހަށްޓަކައި ވެސް ރައްޔިތުންނަށްޓަކައި އެނގެންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑު ފަށައިފިން ލިޔަން ވަރަށް ގިނަ ހާދިސާތައް ހިނގާފައި ހުންނާނެ ނޫންތޯ؟ އޭގެތެރޭގައި އަޅުގަނޑު ލިޔަމުންދާއިރު ބައެއް ފަހަރު ބައެއް ބޭފުޅުން ނުގަބޫލުވާ ވާހަކަ ތައް ވެސް ހުރެދާނެ، އެހެން ނަމަވެސް ވެރިކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެކެނީ ތާރީހަށްޓަކައި އެވާހަކަތަައް އަޅުގަނޑު ލިޔެފައި ބާއްވަންވާނޭެޔޭ." މަޖިލީހުގައި 25 ވަރަކަށް އަހަރު މެމްބަރުކަން ކުރެއްވި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަން ކުރައްވާފައިވަނީ 17 ނޮވެމްބަރު 2018 އިން 17 ނޮވެމްބަރު 2023 އަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ސޯލިހް ވަނީ އިންތިހާބު ކާމިޔާބު ކުރަށްވައި ވެރިކަމުގެ ފަސްއަހަރު ކޯލިޝަން ސަރުކާރު ދަމަހައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން