ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަންސް ތިން އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނާއި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި ކަރެކްޝަންސްގެ ތިން އޮފިސަރަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސަސްގެ 18 މުވައްޒަފަކު ބައިވެރިވާކަން އެނގިފައިވާ ކަމަށެވެ. އެމީހުން އަތުލައިގަތުމަށް މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް މިހާރު ފަށާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމަށް ތުހުމަތުކުރެވޭ ހަ އޮފިސަރެއް މި އަހަރު ކަރެކްޝަންސްގެ ޚިދުމަތުން ވަކިވެފައިވާ ކަމަށެވެ.
މިއީ ވަޒީފާއިން ވަކިވެފައި ތިބި ހަ މީހުންކަމަށާއި ނަމަވެސް ވަޒީފާގައި ތިބެ އެ ފަދަ ކަމެއް ކުރުމުން އެ ކަމަށް ފިޔަވަޅު އަޅާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ކަރެކްޝަންގެ އޮފިސަރުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ފާހަަގަކުރެވޭ ކަމަށެވެ.
ފުލުހުން ބުނީ ޝައްކުކުރެވޭ މީހުންގެ އެކައުންޓުތަކަށް ޖަމާކޮށްފައި ހުރި 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައި ހުރީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންނާއި، ކުށުގެ ވެށީގައި އުޅޭ ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ މީހުން ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅިގެން މި މައްސަލައިގެ ތެރެއިން ކަރެކްޝަންސް އޮފިސަރުންނަށް ރިޝްވަތު ދިން މީހުންގެ މައްސަލަތައް ވެސް ބަލައި ގާނޫނު ތަންފީޒުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު