ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތައް މަދުކޮށް އިތުރު ފިޔަވަޅުތަކެއްވެސް އަޅުއްވަން މިހާރު ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުމަށް ނިންމަވާފައިވާ ކަމަށާއި އޭގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެކަމަށް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.



ހަރަދު ކުޑަކުރުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމަާފައި މިވަނީ ދައުލަތުގެ ދަރަނި ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ކަމާބެހޭ މާލީ އިދާރާތަކުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން