ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރު ރިޔާދު މަންސޫރާ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަވުން ކުރިއަށް ގެންދިޔައީ މިނިސްޓަރު ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިއުޔޯކްގަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި އދ.ގެ ފުރިހަމަ މެމްބަރަކަށް ފަލަސްތީނުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއިދުކުރުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލުމުގައި ވެސް ރާއްޖެއިން ދެމި އޮންނާނެ ކަމަށެވެ.

ރާއްޖެއަކީ ފެށުނީއްސުރެވެސް ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުންދާ ގައުމެކެވެ.

ފޮރިން މިނިސްޓަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާއެކު ވެސް ވާހަކަތައް ބާއްވަވައިފަ އެވެ.

އޭގެ އިތުރުން މިނިސްޓަރ ވަނީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ވެސް ބައްދަލުކުރައްވައިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން