އެމްޑީޕީން އުއްމީދުކުރީ މި ސަރުކާރުން އިންޑިއާއާ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ކަމުގައި ވިޔަސް، ކަންވީ އެހެނެއް ނޫން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއަކަށް އަޒާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވަކި ގައުމަކާ ގުޅުން ބަދަހިކޮށް ވަކި ގައުމަކާ ގުޅުން ކަނޑާލުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނުނީ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރައީސް ޞާލިހުގެ ސަރުކާރުުން ފެނުނީ އެއް ގައުމަކާ މާބޮޑަށް ގާތްވެ އެ ގައުމުގެ ނުފޫޒު ހުރިހާ ކަމެއްގެ ތެރެއަށް ވަދެ އެ ގައުމުން ބުނާ ގޮތަށް ހުރިހާ ކަމެއް ކުރި މަންޒަރު ކަމަށް އަޒާން ވިދާޅުވިއެވެ.

އެކަމަކު މި ސަރުކާރުން ގެންުގުޅެނީ ވަރަށް ބެލެންސް ފޮރިން ޕޮލިސީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެއިން އެހެން ގައުމުތަކާ ގުޅުން ބަދަހިކުރާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ ނާރާ ގޮތަށް ކަމަށް ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ މިހާރު ރާއްޖެއިން ގެންގުޅޭ ފޮރިން ޕޮލިސީއަކީ އިންޑިއާ އަދި ޗައިނާއާވެސް ރަނގަޅު ގުޅުމެއް ބޭއްވުން ކަމަށެވެ.

އެގޮތުން އިންޑިއާއިން ވެސް އަދި ޗައިނާއިން ވެސް މި ސަރުކާރުން އެހީތައް ހޯދަމުންދާކަން އަޒާން ފާހަގަކުރެއްވި އެވެ.

"މީގެ ކުރިން އޮތް ގޮތަކީ އިންޑިއާއިން އެހީތެރިކަން ހޯދައިފަ ޗައިނާއިން އެހީތެރިކަމެއް ނުހޯދާ. ކޮވިޑްގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަންކަން ފެނިގެން ދިޔަ. އެމްޑީޕީން އެކްސްޕެކްޓް ކުރީ [އުއްމީދުކުރީ] ރައީސް މުއިއްޒުގެ ވެރިކަން ވާނީ ވަރަށް ވަރަށް ބޮޑަށް ވަން ސައިޑެޑް ވަކި ގައުމަކާ އެއްކޮށް، އިންޑިއާއާއެކު އެއްވެސް ގުޅުމެއް ނުބާއްވާ، މިކަހަލަ ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށް އެ ބޭފުޅުން ލަފާކުރީ. އެކަމަކު އެގޮތަށް ނޫން ކަންތައްތައް މިވީ." އަޒާން ވިދާޅުވި އެވެ.

މި ސަރުކާުރުން ވެރިކަމަށް އައި ފުރަތަމަ ދުވަސް ކޮޅު އިންޑިއާއާ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް މިހާރު ގުޅުންތައް އަނެއްކާވެސް ވަނީ ރަނގަޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން