ކުރީ ސަރުކާރޭ ނުކިޔައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގޮވާލައްވައިފި އެވެ.

އަމްރު އެކްސްގައި ވިދާޅުވީ މި ސަރުކާރަށް ހަތް މަސްވީ އިރު މާލީ ހާލަތު ރަނގަޅު ކުރަން ފިޔަވަޅެއް ނާޅާ ކަމަށެވެ. ހަމަ އެހެންމެ ސަރުކާރު ހިންގަމުން ދަނީ އިންތިހާއަށް ހަރަދުބޮޑުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އިތުރަށް ފައިސާ ހޯދަން ނޭނގި ކުރީ ސަރުކާރޭ ކިޔޭކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ވެސް އޮތީ އަވަސް ފިޔަވަޅު އެޅުން." އަމްރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ ފިޗުގެ ރޭޓިންވެސް ވަނީ ދަށްކޮށްފަ އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސްފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެންބަރު އަހުމަދު ނާޒިމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އޭނާ މިދިޔަ ހަފްތާގައިވެސް މާލިއްޔަތު ކޮމިޓީގައި ވަނީ ހަރަދުތައް ކުޑަކުރަން އަވަސް ފިޔަވަޅުތައް އެޅުމަށް ތާރީހުތައް ކަނޑައަޅައި މަސައްކަތް ފެށުމަށް ގޮވާލައްވައިފަ އެވެ.

ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކޮށް އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ނިންމަވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން