މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ޔޫއޭއީގެ އެހީ ހޯދަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ އެކަމާ ގުޅޭ މަޝްވަރާތަކެއްކޮށްފަ އެވެ.

އެގޮތުން މިނިސްޓަރު ވަނީ ދުބާއީގެ ރޯޑް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރުޓީއޭ)ގެ ސީއީއޯ އަދި ބޯޑް އޮފް ޑައިރެކްޓާސްއާ ބައްދަލުކުރައްވައިފަ އެވެ. އަދި މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އާރުޓީގެ ޓެކްނޮލޮޖީގެ ފަންނީ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ ބޭނުންވަނީ އެ މައްސަލަތަަކަށް އެންމެ ޒަމާނީ ހައްލެއް ހޯދުން ކަމަށެވެ.

މާލޭގެ މަގުތައް ތޮއްޖެހުމަށް އެންމެ ބޮޑަށް މެދުވެރިވާ ސަބަބަކީ މާލެއަށް ނުކަތާ ވަރަށް ވެހިކަލްތައް އިތުރުމެވެ.

އެ ،މައްސަލަ ހައްލުކުރަން ޒަމާނީ ޕާކިން ސިސްޓަމްތަކެއް ބޭނުންކުރަން އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އޭގެ އަމަލީ މަސައްކަތެއް ނުފެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން