ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ޝާހިދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝީ ގެ ހިތާބުގައި، ސުލްހަވެރި ތަނަވަސް ދުނިޔެއަކަށް ދިޔުމަށް ވެވަޑައިގެން ވައުދުން ހިތްވަރު ލިބިގެންދިޔަ ކަމަށެވެ. ޝާހިދު އިތުރަށް ވިދާޅުވީ އިންސާނިއްޔަތަށް އޮތީ އެންމެ އިޚްތިޔާރެއް ކަމަށެވެ. އެއީ ސުލްހަވެރިކަމާއެކު އެއްބަޔަކު އަނެއްބަޔަކާއެކު ދިރިއުޅުން ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކުރުމުން އާންމު ގޮންޖެހުންތަކާއި ކުރިމަތިލައި، ދެމެހެއްޓެނިވި، ސުލްހަވެރި، ހަމަޖެހޭ އަދި ފާގަތި މުސްތަގުބަލަކަށް މަގެއް ބިނާކުރެވޭނެ ކަމަށެވެ.



ޝާހިދު ޗައިނާއަށް ވަޑައިގަތީ ޗައިނާގެ "ފައިވް ޕްރިންސިޕަލްސް އޮފް ޕީސްފުލް ކޯއެކްސިސްޓެންސް" އަށް 70 އަހަރުވުމާއި ގުޅިގެން ބާއްވާ ކޮންފަރެންސްގައި ބައިވެރިވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން