ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމަކީ މި ވަގުތަށް ގައުމަށް އެންމެ މަންފާ ކުރާނެ ނިންމުންކަމަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޝިއުރީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވައި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ނިންމެވުމަށް ތާއީދު ކުރާމައްވާ ކަމަށެވެ. އަދި މި ނިންމެވުން ތަންފީޒު ކުރުމުގައި އެމްއެމްޕީއާރްސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކުންފުނީގެ ހައިސިއްޔަތުން ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ރައީސް އަށް އަރުވާ ކަމަށެވެ.



ރައީސް ޑރ. މުޢިއްޒު ވަނީ ދައުލަތުގެ ހަރަދުތަށް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައެވެ. އެގޮތުން ސަރުކާރުގެ ރިކަރަންޓް ހަރަދުތަށް ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން