ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ ފިޔަވަޅުތަކާއެކު ދިވެހިންގެ އުއްމީދުތައް ހާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު، ވިދާޅުވެއްޖެއެވެެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް މުޢިއްޒު ނިންމެވުމާއި ގުޅިގެންނެވެެ. އެކަމަށް އިޝާރަތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޓީސް އެންޑް ލޯކަލް ގަވަނަސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ރައީސް އަޅުއްވާ ފިޔަވަޅުތަކަށް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ މިހާރު ތަޖުރިބާ ކުރަމުންދާ އިގްތިސާދީ ހީނަރުކަަމަކީ ކުރިން އަމަލުކުރަމުންދިޔަ ޒިންމާދާރުކަން ކުޑަ ދޯހަޅި ސިޔާސަތެއްގެ ސަބަބުން ދިމާވި ހާލަތެއް ކަމަށެވެ. އަދި މި ހާލަތާއި ގުޅިގެން ރައީސް އަޅުއްވާ ފިޔަވަޅުތަކާއެކު އިގްތިސާދީ ހާލަތު ހަމަޔަކަށް އެޅި މައްސަލަތައް ހައްލުކުރެވި ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެއްވެސް މީހަކަށް އެއްވެސް ސެކްޓާ އަކަށް ނުވަތަ ދާއިރާ އަކަށް ދެރަ ނިކަމެތި ގޮތެއް ވާކަށް ރައީސް މުޢިއްޒުގެ ސަރުކާރުގެ ފަރާތުން ނޭދޭނެ. އިދިކީލަ ނުވެ ފަހި ވިސްނުމުގައި ކުރިއަށް ވަޑައިގަންނަވާ! ޢަލިވިލޭނީ އުފާވެރި ފަތިހަކަށް." މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމަވައިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ.
އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އޭގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު