އާންމު އުނދަގޫ ކުރާތީ ނަސޭހަތް ދީގެންވެސް ނުހުއްޓުމުން ދިވެހި ފިރިހެނަކު 45 ދުވަހަށް ބަންދުކުރަން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ހިނގި މި ޝަރީއަތުގައި ކޯޓުން ކުރި ހުކުމުގައި ބުނީ މި މައްސަލަ ހުށަހަޅާ ފަރާތުން މީގެ ކުރިން ވެސް މައްސަލަ ހުށަހެޅުމުން އޭނާއަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށާއި ނަމަވެސް އޭގެ ފަހުން ވެސް ކުށުގެ އަމަލު ތަކުރާރުކޮށްފައިވާ ކަމަށެވެ.

ކޯޓުން ހުކުމް ކޮށްފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔައީ ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއެކުގައެވެ. ފުލުހުން ވަނީ މި މައްސަލައިގައި މައްސަލަ ހުށަހަޅާފައިވާ ފަރާތުގެ ބަޔާނާއި ފުލުހުންގެ ތަހުގީގަަށް ހާޒިރުކޮށް ނަސޭހަތް ދީފައިވާ ކަމުގެ ލިޔުން ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ނެރުއްވި އަމުރުގައި ވިދާޅުވީ ދައުވާ ލިބޭ ފަރާތް ދޫކޮށްލައިފިނަމަ އޭނާ ކުރި ކުށުގެ އަމަލު ތަކުރާރުކުރުމުގެ އިހްތިމާލު މަތީ ދަރަޖައަކަށް އޮތް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ހުކުމް ކުރައްވަމުން ގާޒީ ނިންމެވީ ދައުވާ ލިބޭ ފަރާތް 45 ދުވަަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރާށެވެ. މި މައްސަލައިގައި ދައުވާ ހުށައެޅި ފަރާތާ ކުރިމަތިވެފައި ވަނީ ކޮންކަހަލަ އާންމު އުނދަގުލެއް ކަމެއް ކްރިމިނަލް ކޯޓުގެ އަމުރަކުން އެނގޭކަށް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން