ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ: އެމްޑީޕީ)
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ: އެމްޑީޕީ)
ސަރުކާރުން ދަނީ އިޤްތިސާދީ އަދި މާލީ ހާލަތު އޮޅުވާލަމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިއަދު ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ދައްވުމާއިމެދު ކަންބޮޑުވުން ފާޅުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަމީރު ވިދާޅުވީ ސަރުކާރުން ހަދާ ގޯސް ތަކާއި އަދި މިދިޔަ 7 މަސްދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާއި މާލީ ކަންކަން މެނޭޖް ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިޤްތިސާދު އަދި މާލީ ކަންކަން ވެއްޓިފައި އޮތް ހާލަތު ފޮރުވުމަށް ވަރަށް ބޮޑަށް އޮޅުވާލަމުންދާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ އެމްޑީޕީ ސަރުކާރުގައި އިޤްތިސާދަށް ލިބިފައިވާ ކުރިއެރުންތަކާއި ކުރިޔަށް ލަފާކުރި އިޤްތިސާދީ ހާލަތު އަދަދުތަކުން ވިދާޅުވެ ދެއްވާފައެވެ. އެގޮތުން އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ދައުލަތަށް މާލީ ބުރަބޮޑު ކަންކަން ހުއްޓަސް ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަން ޖެހޭ ކަންކަން ކުޑަ ކޮށްދީފައިވާ ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި ފިއުލް ސަބްސިޑީގެ ގޮތުގައި 2022 ވަނަ އަހަރު 2 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.

އިޤްތިސާދީ ހާލަތު މިހާ ގޯސްވެފައިވަނީ އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާއި ހެދިކަމަށް މި ސަރުކާރުގެ އިސްވެރިން ދަނީ ބުނަމުންނެވެ. އެގޮތުން ވޭތުވެދިޔަ 40 އަހަރުގެ ދަރަންޏާ ނުބައްދަލު ދަރަނި ނިމިދިޔަ ސަރުކާރުގެ ފަސްއަހަރުން އުފައްދާފައިވާކަން ފާހަގަ ކުރެވެއެވެ.

ކުރީ ސަރުކާރުން ރާއްޖޭގެ އިގުތިސާދު ވައްޓާލާފައިވާ ފުބް ވަޅުގަނޑުން އަރައިގަތުމަށް މިސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަން ހާމަ ކުރައްވައި ރައީސް ޑރ މުއިއްޒު މިހާރު ވަނީ ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ ހަރަދުކުޑަކުރުމަށް ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން