ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ހޯދުމާ ގުޅޭގޮތުން އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާއާއިއެކު މަޝްވަރާކޮށްފިއެވެ.

އިނޮކޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވީ، އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާގެ މެނޭޖުމަންޓާއިއެކު މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެއްބަސްވެވަޑައިގެންނެވި ކަންތައްތައް ތަންފީޒުކުރުމަށް ޗައިނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަށެވެ.

މިފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައިވާއިރު ޖަނަވަރީ މަސްތެރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޖުމުލަ 20 އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައެވެ.

މިއަދު ބޭއްވި ބައްދަލުވުމުގެ އިތުރު ތަފުސީލު ހާމަ ކޮށްފައި ނުވިނަމަވެސް، މި ދުވަސްވަރު ސަރުކާރުން ދަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި އާމްދަނީ އާއި ހިލޭ އެހީ ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން